ތިލަފުށި: Difference between revisions
No edit summary |
އެންމެ ފަހުން ގެނެވުނު ބަދަލު 19:11, 4 އެޕްރީލް 2013 އުނިއިތުރު ގެންނަވާ ކުރީގެ ނުސްހާއަށް ބަދަލުކުރައްވާ m Bot: Migrating 7 interwiki links, now provided by Wikidata on d:q2138322 (translate me) |
||
(18 intermediate revisions by 7 users not shown) | |||
ފޮޅުވަތް 1: | ފޮޅުވަތް 1: | ||
[[Image:P1010219.jpg|thumb|left|250px|ތިލަފުށި މަތިން ފެންން ގޮތް ]] |
|||
⚫ | ތިލަފުށްޓަކީ |
||
'''ތިލަފުށި އުފެދުނު ގޮތް''' |
|||
⚫ | ތިލަފުށްޓަކީ މާލެއަތޮޅު ގިރާވަރާއި ގުޅިފާޅާއި ދެމެދު ވާދޫކނަޑާއި އިންވެގެން އޮތް "ދެކުނު ތިލަފަޅު" ގެ ނަމުން މަޝްޙޫރުވެފައިވާ 7 ކިލޯ މީޓަރުދިގު އެތެރޭގައި ފުންވިލެއް އޮތް ތިލަފަޅެކެވެ. ފަޅުގެ ހިކިތަނުގެ އެވްރެޖް ފުޅާމިނަކީ 200 މީޓަރެވެ. ތިލަފުށްޓަކީ މާލެއާއި 6.85 ކިލޯ މީޓަރު ދުރުގައި އޮތް މަސްނުޢީ ރަށެކެވެ. ރާއްޖޭގައި ގެންގުޅޭ މެދުފަންތީގެ ދޯނުފަހަރުގައި 20 މިނެޓާއި 35 މިނެޓާއި ދެމެދުގެ ވަގުތުކޮޅަކުން ތިލަފުށްޓާއި މާލެއާއި ދޭތެރޭގައި ދަތުރުކުރެވެއެވެ. |
||
މާލޭގައި ބޮޑުވެފައި އޮތް ކުނިގޮނޑު ހުސްކޮށްލުމަށްޓަކައި ކުނި ގެންދާނެ ތަނެއް ހޯދުމާއި ބެހޭގޮތުން ބޭއްވުނު މަޝްވަރާތަކާއި ތަޖްރިބާ ދަތުރުތަކާއި މަސައްކަތްތަކަށްފަހު ތިލަފުށި ވުޖޫދަށް އައީ 1991 ވަނަ އަހަރުގެ ޑިސެމްބަރު 5 ވަނަ ދުވަހުއެވެ. ތިލަފުށީގެ ޙަޔާތުން މި ވޭތުވެދިޔަ ދިގު އަހަރުތަކަށްފަހު މިހާރުވަނީ މާލެއާއި މާލެ ކައިރީގެ ރިސޯރޓްތަކާއި އެއަރޕޯޓް އަދި ވިލިނގިއްޔާއި 2004 މެއި މަހުގެ ތެރޭގައި މީހުން އާބާދުވި ހުޅުމާލެއިން ކުނި ނައްތާލާ ރަށަކަށްވުމުގެ އިތުރުން ސިނާޢީ ބޮޑެތި މަސައްކަތްތަކެއް ކުރާ ކާރުހާނާތަކެއްވެސް ހުރި ބިމަކަށް ބަދަލުވެފައެވެ. |
|||
މިކަންކަން ތިލަފުށީގައި ފަށައިގަނެވުމުން އެންމެ ބޮޑު ފައިދާއެއް ޙާސިލްވި އެއްބަޔަކީ މާލޭގެ ރައްޔިތުންނޭ ދެންނެވިދާނެއެވެ. ސަބަބަކީ ގެދޮރު ފުރި ބާރުވަފައި އޮތް މާލޭގެ އާންމުން ދިރިއުޅޭ ހިސާބުގެ މެދެތެރޭގައި ހެދިފައިހުރި ސިމެންތި ގުދަންތަކުގެ ސަބަބުން ލިބެމުން އައި ގެއްލުމާއި އުނދަގުލުން މާލޭގައި ދިރިއުޅޭ ރައްޔިތުން ސަލާމަތްވީކަމެވެ. ސިމެންތި ބަންދުކުރާ ކާރުޚާނާތަކާއި ރައްކާކުރާ ހުރިހާ ގުދަނެއް މިހާރު ހުރީ ތިލަފުށީގައެވެ. އަދި އެހެނިހެން ގެދޮރު ޢިމާރާތްކުރާ ހިލައާއި ހިލަވެލި ދަގަނޑުފަދަ ހުރިހާ ބާވަތެއްވެސް މިއިގަނޑު ޖަމާވެފައިހުރީ ތިލަފުށީގައެވެ. |
|||
'''ތިލަފުށްޓަށް ކުނި އުފުލުން''' |
|||
މާލޭގެ ކުނި ތިލަފުށްޓަށް ފުރަތަމަ ގެންދެވުނީ 7 ޖެނުއަރީ 1992 ގައެވެ. މާލޭގައި (މާލެ،ވިލިނގިލި،ހުޅުމާލެ) އުފެދޭ ކުނި ތިލަފުށްޓަށް އުފުލަމުންދަނީ ސަރުކާރުގެ ޚަރަދުގައި 15 ޓަނުގެ ޑަމްޕް ޓްރްކްގައި ކޮޅުވެއްޓީގެ އެހީގައެވެ. އެއާރޕޯޓާއި މާލެ ކައިރި ރިސޯރޓްތަކުން ތިލަފުށްޓަށް ކުނި އުފުލަނީ އެފަރާތްތަކުގެ އަމިއްލަ ޚަރަދުގައި ދޯނިފަހަރާއި ބާޖް ފަހަރުގައެވެ. |
|||
ތިލަފުށީގައި ކުނި ނައްތާލުމަށްޓަކައި ފަރަތަމަ ބޭނުންކުރިގޮތަކީ ތިލަފަޅުމަތީގައި 50 ފޫޓް ދިގު 50 ފޫޓް ފުޅާ ވަޅެއް 15 ފޫޓް އަޑިއަށް ކޮނެ ލިބޭ ވެލިތަކުން ވަޅުގެ ވަށާފާރު 20 ފޫޓް ފުޅާކޮށް ތައްޔާރުކުރުމަށްފަހު ވަޅުގަނޑުގެ އެތެރެއަށް ކުނި އަޅަމުންގޮސް ފުރުމަށްފަހު ވަޅުގެ މައްޗަށް ގައުކުނޑި އަޅާ އެއްވަރުކޮށް ރީތި ބިމަކަށް ހަދާލަނީއެވެ. ތިލަފުށްޓަށް ކުނި ގެންދަންފެށިތާ ކުރީކޮޅު މާލޭގައި ޖަމާވެފައިވާ ކުނީގެ އަދަދު ބޮޑުކަމުން ހުރިހާ ވައްތަރެއްގެ ކުންޏެއް އޮތީ ވަރަށްބޮޑަށް އެކުވެ އެކައްޗަކަށްވެފައެވެ. އެދުވަސްވަރު ކުނީގެ ބާވަތްތަށް ވަކިކުރާނެ ވަގުތާއި ޖާގަ ނެތުމުން ތިލަފުށީގައި ހެދުނު ވަޅުގަނޑުތަކަށް ތިލަފުށްޓަށް ގެންދެވޭ ކުނި އަޅަމުން ގެންދިޔައީ ހުރިގޮތަށެވެ. ނަމަވެސް މާލޭގައި މިއަދު ކުނި ޖަމާވާންހުރީ ތަފާތު ދެކޮށްޓެވެ. އަދި ކުނީގެ ތެރޭގައި ހުރި ތަފާތު ބާވާތްތައް ވަކިކުރުވަން ބާރު އެޅުމުގެ ގޮތުން ކުނީގެ މައިގަނޑު ބާވަތްތައް ޖަމާކުރަމުންދަނީވެސް އަދި ތިލަފުށްޓަށް ގެންދަނީވެސް ނައްތާލަނީވެސް އެކި ބާވަތްތައް އެކި ގޮތަށެވެ. |
|||
'''ތިލަފުށީގެ ބިން ބޭނުންކުރުން''' |
|||
1991 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހު އެންމެ ހިކިތަންކޮޅެއްވެސް ނެތް ތިލަފުށީގެ ބިމުގެ މިއަދުގެ ބޮޑުމިނަކީ 4.6 މިލިއަން އަކަފޫޓެވެ. (2001 ވަނަ އަހަރާއި ހަމައަށް) މި ބޮޑު ބިން ހިކެމުން އަންނަ ތަން ފެނުމުން އެ ބިމުގެ ބޭނުން ފައިދާހުރި ގޮތެއްގައި ހިފުމަށްޓަކައި 1997 ވަނަ އަހަރު ނޮވެމްބަރު މަހު ތިލަފުށީގެ ބިން އެކި މަސައްކަތްކުރުމަށްޓަކައި އެކި ފަރާތްތަކަށް ކުއްޔަށް ދޭންފެށުނެވެ. ފުރަތަމަ ތިލަފުށިން ބިން ނެގީ 22 ފަރާތަކުންނެވެ. 2001 ވަނަ އަހަރު ވަނައަހަރު ތިލަފުށްޓަށް 10 އަހަރު ފުރުނުއިރު 54 ފަރާތަކަށް 1.2 މިލިއަން އަކަފޫޓްގެ ބިން ވަނީ ކުއްޔަށް ދޫކުރެވިފައެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން އަހަރަކު 14 މިލިއަން ރުފިޔާގެ އާމްދަނީއެއް ސަރުކާރަށްދަނީ ލިބެމުންނެވެ. |
|||
ތިލަފުށީގެ ބިންބޮޑުވެ ބިން ކުއްޔަށްދެވި އާމްދަނީ ލިބެންފެށުމުން ސަރުކާރުން ތިލަފުށީގައި ފުރަތަމަ ދާއިމީ ބިނާއެއްކަމަށް ކަނޑަ އެޅުއްވީ މިސްކިތެކެވެ. 11 އޮކްޓޯބަރު 1998 ގައި ބިއްގާ އަޅުއްވާދެއްވާ 16 ޑިސެމްބަރު 1998 ގައި މަސްޖިދުލް އީޘާރު ހުޅުއްވާދެއްވީ ރައީސުލް ޖުމްޙޫރިއްޔާ އަލްއުސްތާޛު މަޢްމޫން އަބްދުލް ޤައްޔޫމެވެ. |
|||
ތިލަފުށީގައި ކުރަންޖެހޭ މަސައްކަތްތަކާއި ހަދަންޖެހޭ ފެކްޓްރީތައް ގިނަވުމާއިއެކު އެ ތަންތަނަކީ ގެނބުމެއްނުހުންނަ ބިމުގައި އަޅަންޖެހޭ ތަންތަނަށް ވެގެންދިއުމުން ތިލަފުށީގައި އުތުރުބައިން 1 ކިލޯމީޓަރު ދިގު 200 މީޓަރުފުޅާ ބިމެއް ޚާއްޞަކޮށް ވެލިން ހިއްކުނެވެ. |
|||
ތިލަފުށީގެ އުތުރުބައިން މި ހިއްކުނު ސަރަޙައްދާއި ކުނިއަޅައިގެން ފުރަތަމަ ހިއްކުނު ބަޔާއިމެދު އެކަށީގެންވާ ދުރުމިނެއް ހުރުމުގެ ސަބަބުން ތިލަފުށީގެބ ފުރަތަމަ ބައިގައި ބިނާކުރެވިފައިވާ މަސްޖިދުލް އީޘާރަށް ނަމާދުކުރުމަށް އައުމަށް އުތުރުބައިގައި އުޅޭމީހުންނަށް ދަތިކަމަކަށްވާކަން ފާހަގަކުރެވިގެން ތިލަފުށީގެ އުތުރުބައިގައި މަސްޖިދުލް އާލާއި 1422 ވަނަ އަހަރުގެ ރަޖަބްމަހުގެ 27 ވަނަ ދުވަހު ބިންގާ އަޅުއްވާދެއްވާ ހަމަ އެއަހަރުގެ ރަމަޟާންމަހުގެ 1 ވަނަ ދުވަހު ހުޅުއްވާދެއްވީ އޭރުގެ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާރކްސް އޮނަރަބަލް އަލްފާޟިލް ޢުމަރު ޒާހިރެވެ. |
|||
ތިލަފުށްޓަކީ މިއަދު ބޮޑުބިމަކަށްވީފަދައިން ތިލަފުށީގެ ބިން ނަގާފައިހުރި ފަރާތްތަކުން ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ތިލަފުށީގައި ވަނީ އެތައް ކާރުޚާނާތަކެއް ހެދިފައެވެ. މީގެ ތެރޭގައި ހިމެނޭ މުޙިއްމު ކާރުޚާނާތަކަކީ:- |
|||
1- މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް |
|||
2- މޯލްޑިވްސް މެރިން ސިމެންތި ޕްރައިވެޓް ލިމިޓެޑް |
|||
3- ގަލްފް ކްރާފްޓް ސާވިސް ސެންޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް |
|||
4- ވިލާ ހަކަތަ ޕްރައިވެޓް ލިމިޓެޑް |
|||
5- ބޯޓް އެންޑް އިންޖިނިއަރިންގ ސާވިސަސް |
|||
6- ގެރެންޓީ ފައިބަރ ގްލާސް ފެބްރިކޭޝަން ޕްރައިވެޓް ލިމިޓެޑް |
|||
7- މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް |
|||
* އަތޮޅު: ކ |
|||
* އާބާދީ: 1000 |
|||
* ދިގުމިން: 3.5 ކިލޯ މީޓަރ |
|||
* ފުޅާމިން: 0.2 ކިލޯމީޓަރ |
|||
* ދުރުމިން (މާލެއިން): 6.85 ކިލޯމީޓަރ |
|||
'''ހިންގާ ބަލައްޓަނީ:''' |
|||
ތިލަފުށީގެ ބިން ކުއްޔަށް ދިނުމާއި ސިނާއީ އެހެނިހެން މަސައްކަތް ބަލަހައްޓަނީ ތިލަފުށި ކޯޕަރޭޝަން ލިމިޓެޑުންނެވެ. |
|||
ތިލަފުށީގައި ކުރެވޭ ކުނިނައްތާލުމުގެ މަސައްކަތް ބަލަހައްޓަނީ މާލޭ ސިޓީ ކައުންސިލްގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނުންނެވެ. |
|||
ވޭސްޓް މެނޭޖްމަންޓް ސެކްޝަން، ފޯން: 3323859 960+ |
|||
ފެކްސް: 3323801 960+ 6640065 960+ |
އެންމެ ފަހުން ގެނެވުނު ބަދަލު 19:11, 4 އެޕްރީލް 2013
ތިލަފުށި އުފެދުނު ގޮތް
ތިލަފުށްޓަކީ މާލެއަތޮޅު ގިރާވަރާއި ގުޅިފާޅާއި ދެމެދު ވާދޫކނަޑާއި އިންވެގެން އޮތް "ދެކުނު ތިލަފަޅު" ގެ ނަމުން މަޝްޙޫރުވެފައިވާ 7 ކިލޯ މީޓަރުދިގު އެތެރޭގައި ފުންވިލެއް އޮތް ތިލަފަޅެކެވެ. ފަޅުގެ ހިކިތަނުގެ އެވްރެޖް ފުޅާމިނަކީ 200 މީޓަރެވެ. ތިލަފުށްޓަކީ މާލެއާއި 6.85 ކިލޯ މީޓަރު ދުރުގައި އޮތް މަސްނުޢީ ރަށެކެވެ. ރާއްޖޭގައި ގެންގުޅޭ މެދުފަންތީގެ ދޯނުފަހަރުގައި 20 މިނެޓާއި 35 މިނެޓާއި ދެމެދުގެ ވަގުތުކޮޅަކުން ތިލަފުށްޓާއި މާލެއާއި ދޭތެރޭގައި ދަތުރުކުރެވެއެވެ.
މާލޭގައި ބޮޑުވެފައި އޮތް ކުނިގޮނޑު ހުސްކޮށްލުމަށްޓަކައި ކުނި ގެންދާނެ ތަނެއް ހޯދުމާއި ބެހޭގޮތުން ބޭއްވުނު މަޝްވަރާތަކާއި ތަޖްރިބާ ދަތުރުތަކާއި މަސައްކަތްތަކަށްފަހު ތިލަފުށި ވުޖޫދަށް އައީ 1991 ވަނަ އަހަރުގެ ޑިސެމްބަރު 5 ވަނަ ދުވަހުއެވެ. ތިލަފުށީގެ ޙަޔާތުން މި ވޭތުވެދިޔަ ދިގު އަހަރުތަކަށްފަހު މިހާރުވަނީ މާލެއާއި މާލެ ކައިރީގެ ރިސޯރޓްތަކާއި އެއަރޕޯޓް އަދި ވިލިނގިއްޔާއި 2004 މެއި މަހުގެ ތެރޭގައި މީހުން އާބާދުވި ހުޅުމާލެއިން ކުނި ނައްތާލާ ރަށަކަށްވުމުގެ އިތުރުން ސިނާޢީ ބޮޑެތި މަސައްކަތްތަކެއް ކުރާ ކާރުހާނާތަކެއްވެސް ހުރި ބިމަކަށް ބަދަލުވެފައެވެ.
މިކަންކަން ތިލަފުށީގައި ފަށައިގަނެވުމުން އެންމެ ބޮޑު ފައިދާއެއް ޙާސިލްވި އެއްބަޔަކީ މާލޭގެ ރައްޔިތުންނޭ ދެންނެވިދާނެއެވެ. ސަބަބަކީ ގެދޮރު ފުރި ބާރުވަފައި އޮތް މާލޭގެ އާންމުން ދިރިއުޅޭ ހިސާބުގެ މެދެތެރޭގައި ހެދިފައިހުރި ސިމެންތި ގުދަންތަކުގެ ސަބަބުން ލިބެމުން އައި ގެއްލުމާއި އުނދަގުލުން މާލޭގައި ދިރިއުޅޭ ރައްޔިތުން ސަލާމަތްވީކަމެވެ. ސިމެންތި ބަންދުކުރާ ކާރުޚާނާތަކާއި ރައްކާކުރާ ހުރިހާ ގުދަނެއް މިހާރު ހުރީ ތިލަފުށީގައެވެ. އަދި އެހެނިހެން ގެދޮރު ޢިމާރާތްކުރާ ހިލައާއި ހިލަވެލި ދަގަނޑުފަދަ ހުރިހާ ބާވަތެއްވެސް މިއިގަނޑު ޖަމާވެފައިހުރީ ތިލަފުށީގައެވެ.
ތިލަފުށްޓަށް ކުނި އުފުލުން
މާލޭގެ ކުނި ތިލަފުށްޓަށް ފުރަތަމަ ގެންދެވުނީ 7 ޖެނުއަރީ 1992 ގައެވެ. މާލޭގައި (މާލެ،ވިލިނގިލި،ހުޅުމާލެ) އުފެދޭ ކުނި ތިލަފުށްޓަށް އުފުލަމުންދަނީ ސަރުކާރުގެ ޚަރަދުގައި 15 ޓަނުގެ ޑަމްޕް ޓްރްކްގައި ކޮޅުވެއްޓީގެ އެހީގައެވެ. އެއާރޕޯޓާއި މާލެ ކައިރި ރިސޯރޓްތަކުން ތިލަފުށްޓަށް ކުނި އުފުލަނީ އެފަރާތްތަކުގެ އަމިއްލަ ޚަރަދުގައި ދޯނިފަހަރާއި ބާޖް ފަހަރުގައެވެ.
ތިލަފުށީގައި ކުނި ނައްތާލުމަށްޓަކައި ފަރަތަމަ ބޭނުންކުރިގޮތަކީ ތިލަފަޅުމަތީގައި 50 ފޫޓް ދިގު 50 ފޫޓް ފުޅާ ވަޅެއް 15 ފޫޓް އަޑިއަށް ކޮނެ ލިބޭ ވެލިތަކުން ވަޅުގެ ވަށާފާރު 20 ފޫޓް ފުޅާކޮށް ތައްޔާރުކުރުމަށްފަހު ވަޅުގަނޑުގެ އެތެރެއަށް ކުނި އަޅަމުންގޮސް ފުރުމަށްފަހު ވަޅުގެ މައްޗަށް ގައުކުނޑި އަޅާ އެއްވަރުކޮށް ރީތި ބިމަކަށް ހަދާލަނީއެވެ. ތިލަފުށްޓަށް ކުނި ގެންދަންފެށިތާ ކުރީކޮޅު މާލޭގައި ޖަމާވެފައިވާ ކުނީގެ އަދަދު ބޮޑުކަމުން ހުރިހާ ވައްތަރެއްގެ ކުންޏެއް އޮތީ ވަރަށްބޮޑަށް އެކުވެ އެކައްޗަކަށްވެފައެވެ. އެދުވަސްވަރު ކުނީގެ ބާވަތްތަށް ވަކިކުރާނެ ވަގުތާއި ޖާގަ ނެތުމުން ތިލަފުށީގައި ހެދުނު ވަޅުގަނޑުތަކަށް ތިލަފުށްޓަށް ގެންދެވޭ ކުނި އަޅަމުން ގެންދިޔައީ ހުރިގޮތަށެވެ. ނަމަވެސް މާލޭގައި މިއަދު ކުނި ޖަމާވާންހުރީ ތަފާތު ދެކޮށްޓެވެ. އަދި ކުނީގެ ތެރޭގައި ހުރި ތަފާތު ބާވާތްތައް ވަކިކުރުވަން ބާރު އެޅުމުގެ ގޮތުން ކުނީގެ މައިގަނޑު ބާވަތްތައް ޖަމާކުރަމުންދަނީވެސް އަދި ތިލަފުށްޓަށް ގެންދަނީވެސް ނައްތާލަނީވެސް އެކި ބާވަތްތައް އެކި ގޮތަށެވެ.
ތިލަފުށީގެ ބިން ބޭނުންކުރުން
1991 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހު އެންމެ ހިކިތަންކޮޅެއްވެސް ނެތް ތިލަފުށީގެ ބިމުގެ މިއަދުގެ ބޮޑުމިނަކީ 4.6 މިލިއަން އަކަފޫޓެވެ. (2001 ވަނަ އަހަރާއި ހަމައަށް) މި ބޮޑު ބިން ހިކެމުން އަންނަ ތަން ފެނުމުން އެ ބިމުގެ ބޭނުން ފައިދާހުރި ގޮތެއްގައި ހިފުމަށްޓަކައި 1997 ވަނަ އަހަރު ނޮވެމްބަރު މަހު ތިލަފުށީގެ ބިން އެކި މަސައްކަތްކުރުމަށްޓަކައި އެކި ފަރާތްތަކަށް ކުއްޔަށް ދޭންފެށުނެވެ. ފުރަތަމަ ތިލަފުށިން ބިން ނެގީ 22 ފަރާތަކުންނެވެ. 2001 ވަނަ އަހަރު ވަނައަހަރު ތިލަފުށްޓަށް 10 އަހަރު ފުރުނުއިރު 54 ފަރާތަކަށް 1.2 މިލިއަން އަކަފޫޓްގެ ބިން ވަނީ ކުއްޔަށް ދޫކުރެވިފައެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން އަހަރަކު 14 މިލިއަން ރުފިޔާގެ އާމްދަނީއެއް ސަރުކާރަށްދަނީ ލިބެމުންނެވެ.
ތިލަފުށީގެ ބިންބޮޑުވެ ބިން ކުއްޔަށްދެވި އާމްދަނީ ލިބެންފެށުމުން ސަރުކާރުން ތިލަފުށީގައި ފުރަތަމަ ދާއިމީ ބިނާއެއްކަމަށް ކަނޑަ އެޅުއްވީ މިސްކިތެކެވެ. 11 އޮކްޓޯބަރު 1998 ގައި ބިއްގާ އަޅުއްވާދެއްވާ 16 ޑިސެމްބަރު 1998 ގައި މަސްޖިދުލް އީޘާރު ހުޅުއްވާދެއްވީ ރައީސުލް ޖުމްޙޫރިއްޔާ އަލްއުސްތާޛު މަޢްމޫން އަބްދުލް ޤައްޔޫމެވެ.
ތިލަފުށީގައި ކުރަންޖެހޭ މަސައްކަތްތަކާއި ހަދަންޖެހޭ ފެކްޓްރީތައް ގިނަވުމާއިއެކު އެ ތަންތަނަކީ ގެނބުމެއްނުހުންނަ ބިމުގައި އަޅަންޖެހޭ ތަންތަނަށް ވެގެންދިއުމުން ތިލަފުށީގައި އުތުރުބައިން 1 ކިލޯމީޓަރު ދިގު 200 މީޓަރުފުޅާ ބިމެއް ޚާއްޞަކޮށް ވެލިން ހިއްކުނެވެ.
ތިލަފުށީގެ އުތުރުބައިން މި ހިއްކުނު ސަރަޙައްދާއި ކުނިއަޅައިގެން ފުރަތަމަ ހިއްކުނު ބަޔާއިމެދު އެކަށީގެންވާ ދުރުމިނެއް ހުރުމުގެ ސަބަބުން ތިލަފުށީގެބ ފުރަތަމަ ބައިގައި ބިނާކުރެވިފައިވާ މަސްޖިދުލް އީޘާރަށް ނަމާދުކުރުމަށް އައުމަށް އުތުރުބައިގައި އުޅޭމީހުންނަށް ދަތިކަމަކަށްވާކަން ފާހަގަކުރެވިގެން ތިލަފުށީގެ އުތުރުބައިގައި މަސްޖިދުލް އާލާއި 1422 ވަނަ އަހަރުގެ ރަޖަބްމަހުގެ 27 ވަނަ ދުވަހު ބިންގާ އަޅުއްވާދެއްވާ ހަމަ އެއަހަރުގެ ރަމަޟާންމަހުގެ 1 ވަނަ ދުވަހު ހުޅުއްވާދެއްވީ އޭރުގެ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާރކްސް އޮނަރަބަލް އަލްފާޟިލް ޢުމަރު ޒާހިރެވެ.
ތިލަފުށްޓަކީ މިއަދު ބޮޑުބިމަކަށްވީފަދައިން ތިލަފުށީގެ ބިން ނަގާފައިހުރި ފަރާތްތަކުން ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ތިލަފުށީގައި ވަނީ އެތައް ކާރުޚާނާތަކެއް ހެދިފައެވެ. މީގެ ތެރޭގައި ހިމެނޭ މުޙިއްމު ކާރުޚާނާތަކަކީ:- 1- މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް 2- މޯލްޑިވްސް މެރިން ސިމެންތި ޕްރައިވެޓް ލިމިޓެޑް 3- ގަލްފް ކްރާފްޓް ސާވިސް ސެންޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް 4- ވިލާ ހަކަތަ ޕްރައިވެޓް ލިމިޓެޑް 5- ބޯޓް އެންޑް އިންޖިނިއަރިންގ ސާވިސަސް 6- ގެރެންޓީ ފައިބަރ ގްލާސް ފެބްރިކޭޝަން ޕްރައިވެޓް ލިމިޓެޑް 7- މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް
- އަތޮޅު: ކ
- އާބާދީ: 1000
- ދިގުމިން: 3.5 ކިލޯ މީޓަރ
- ފުޅާމިން: 0.2 ކިލޯމީޓަރ
- ދުރުމިން (މާލެއިން): 6.85 ކިލޯމީޓަރ
ހިންގާ ބަލައްޓަނީ:
ތިލަފުށީގެ ބިން ކުއްޔަށް ދިނުމާއި ސިނާއީ އެހެނިހެން މަސައްކަތް ބަލަހައްޓަނީ ތިލަފުށި ކޯޕަރޭޝަން ލިމިޓެޑުންނެވެ. ތިލަފުށީގައި ކުރެވޭ ކުނިނައްތާލުމުގެ މަސައްކަތް ބަލަހައްޓަނީ މާލޭ ސިޓީ ކައުންސިލްގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނުންނެވެ. ވޭސްޓް މެނޭޖްމަންޓް ސެކްޝަން، ފޯން: 3323859 960+
ފެކްސް: 3323801 960+ 6640065 960+