Jump to content

ގޮހޮރުގެ ކެންސަރު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
21:16, 29 ޖޫން 2022 އިން ފެށިގެން EN-Jungwon (ޚިޔާލު ސަފްޙާ | ޙިއްޞާ) (މަރުޖިޢުތައް: clean up, replaced: Category:ބަލިތައްޤިސްމު:ބަލިތައް using AWB) އިށް އިސްލާހުކުރުން
(ފަރަގު) → ކުރީގެ ނުސްހާ | Latest revision (ފަރަގު) | ފަހުގެ ނުސްހާ ← (ފަރަގު)

ގޮހޮރު އަކީ ހަޖަމުކުރާ ނިޒާމްގައި މުހިއްމު މަސައްކަތްތަކެއް ކުރާ ގުނަވަނެކެވެ. މިގޮތުން ބަލާއިރު ކާނާ ހަޖަމުކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ހިނގަނީ ކުޑަ ގޮހޮރު ގައެވެ. އޭގެ ފަހުން ކާތަކެތި ދަތުރުކުރަނީ ބޮޑު ގޮހޮރުގައެވެ. މިއީ ދިގުމިނުގައި ގާތްގަނޑަކަށް 5 ފޫޓް ހުންނަ ގުނަވަނެކެވެ. ބޮޑުގޮހޮރުގެ މައިގަނޑު މަސައްކަތަކީ ފެނާއި ކާނާ ހަޖަމުކުރުމުގެ އެންމެ ފަހުގެ މަރުހަލާ ނިންމާލުމާއި، ކާނާ ހަޖަމުކުރުމަށްފަހު ބާކީ ހުންނަ ބޭނުމެއްނެތް ބައި ބޭރުކޮށް ދިނުމެވެ. ގޮހޮރުގައި އުފެދޭ ކެންސަރު (އިނގިރޭސި ބަހުން: Colon cancer)ތަކުގެ ތެރެއިން %95 އަކީ ގޮހޮރުގެ އެތެރޭ ދުލިފަށުގައި އުފެދޭ ކެންސަރު އެވެ.

  • ވަކި ޚާއްޞަ ސަބަބެއް ހޯދިފައެއް ނެތެވެ.
  • ގޮހޮރުގެ ކެންސަރު ޖެހިފައިވާ އާއިލާތަކުގެ މީހުންނަށާއި، ބައެއް ނަސްލުގެ މީހުންނަށް ގޮހޮރުގެ ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑުކަން ވަނީ ފާހަގަކުރެވިފައެވެ.

އަލާމާތްތައް

  • ވަކި ސަބަބެއް ނޭގި ބޭރަށްހިނގުމާއި ބަނޑުހިކުން
  • ދަށްބަނޑުގައި ރިހުން
  • ބޮޑުކަމުދާ ނަޖިހުގައި ލޭހުރުން
  • ވަރުބަލިވުން އަވަސްވުން
  • ބަރުދަން ލުއިވުން
  • އޮޕަރޭޝަން ކުރުން
  • ރޭޑިއޭޝަން ދިނުން
  • ކީމޯތެރަޕީ ދިނުން

ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ.

މަރުޖިޢުތައް

[އުނިއިތުރު ގެންނަވާ]
  • ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ - 2005